ޤައުމީ ދުވަހޭތޯ އެވެ؟

ހިޖުރީ ސަނަތުން 981 ވަނަ އަހަރުގެ ރަބީޢުލް އައްވަލު މަހުގެ 1 ވަނަ ދުވަހު ދިވެހިންނަށް އަލި ވިލުނީ މިނިވަން ފަތިހަކަށެވެ. ހިޖުރީ ގޮތުން އަދަކީ ފުރެތިކާލުން (ޕޯޗްގީޒުން)ގެ އަނިޔާވެރި ވެރިކަން ސިއްކަޖެހި މުޙައްމަދު ތަކުރުފާނު ދިވެހި ޤައުމުގެ މިނިވަންކަން ހޯއްދެވިތާ 462 އަހަރު ފުރޭ ތާރީޚީ ދުވަހެވެ. މީލާދީ ގޮތުން އެއީ ގާތްގަނޑަކަށް 1 ޖުލައި 1573 ވީ ބުދަ ދުވަހެވެ. މާތް ﷲ ، މުޙައްމަދު ތަކުރުފާނާއި، އެވަރުގަދަ ކޮމާންޑަރުގެ ހިތްވަރުގަދަ ފަހުލަވާނުންނަށް ޝަހީދުންގެ މަތިވެރި ދަރަޖަ މިންވަރުކުއްވާށި. އާމީން. ކޮންމެ އަހަރެއްގެ ރަބީޢުލް އައްވަލު މަހުގެ 1 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި، އާދެ ޤައުމީ ދުވަހުގެ ގޮތުގައި އޮތުމުގެ ބޭނުމަކީ ކޮބައިބާވައޭ ހިތަށް އަރައެވެ. ޤައުމީ ހެދުން ލައިގެން ތިއްތި ވެލައިގެން ފޮޓޯނަގަމެވެ. ޤައުމީ ލަވަ ޓީވީ އިން އެބަ ފޮނުވައެވެ. ލިބުނު ޗުއްޓީދުވަހު ހަމަޖެހިލަިއގެން އެބަ ނިދާލެވެއެވެ. ޤައުމީ ދުވަހު ކުރަންވީ ކަންތަކީ މިއީބާއޭ ހިތަށް އަރައެވެ؟ އެންމެ ރަނގަޅެވެ. ޗުއްޓީ ކޮށްލާށެވެ. އަރާމުކޮށްލުމާއެކު މި 24 ގަޑިއިރުން 1 ގަޑިއިރު ޤައުމާއި މެދު ފުންކޮށް ވިސްނާލާށެވެ