ގެދޮރުވެރިޔާ!

14 ޖޫން 2021 ވަނަ ދުވަހުގެ ރޭ ސަރުކާރުން އިއުލާން ކުރެއްވި "ގެދޮރުވެރިޔާ" ލޯން ސްކީމަކީ، މުޅި ރާއްޖެ އަށް ހުޅުވާލައިގެން ޢާންމުންނަށް ބޯހިޔާވަހި ކަމުގެ ހައްލެއް ހޯދުމަށް އަދި މިވީތަނަށް ހުޅުވާލެވުނު އެންމެ ފަހި ފުރުސަތޭބުނުން ދޮގަކަށް ނުވާނެއެވެ. މިފުރުސަތު ރައްޔިތުންނަށް ހުޅުވުމުން ގިނަބަޔަކަށް އޭގެ މަންފާކުރާނެކަމަށް ފެނެއެވެ. މިލިޔުންކޮޅުގެ ބޭނުމަކީ ގެދޮރޮވެރިޔާ ލޯން ސްކީމަށް ތަޢުރީފުކުރުމެއް އަދި ސަރުކާރަށް ސަނާކިޔުމެއްނޫނެވެ. ބަދަލުގައި ލޯނު ނަގަން ބޭނުންވާ ރައްޔިތަކަށް އޭގެ ބޮޑު މަންޒަރު ބުނެދެވޭތޯއެވެ. %6 އިންޓަރެސްޓް ރޭޓްގައި ދޭ ލޯނު 20 އަހަރަށް ބަހާލެވެއެވެ. އެންމެ ގިނަ ވެގެން ނެގޭނީ 7 ލައްކަ ރުފިޔާއެވެ. މިދެންނެވި %6 އަކީ ބައެއްފަހަރު ހީވެފައިވާ ގޮތާއި ޚިލާފަށް ލޯނުގެ އަދަދަށް 6% އިތުރު ކުރުމެއްނޫނެވެ. މިސާލަކަށް 7 ލައްކައިގެ %6 އަކީ 42،000 ރުފިޔާއެވެ. 20 އަހަރު ފަހުން ދައްކަން ޖެހެނީ 700،000 ރުފިޔާއާއި އިތުރު 42،000 ރުފިޔާއެއް ނޫނެވެ. ބަދަލުގައި މިފަދަ ލޯނުތަކަށް ނަގަނީ ކޮމްޕައުންޑް އިންޓްރެސްޓްއެވެ. ފަސޭހަ ކަޮއްލުމުގެ ގޮތުން މި ހިމަނާލަނީ މަތީގައިވާ، ސަރު