Posts

Showing posts from 2023

ލިޔުންތެރިންގެ ދުވަސް- ކިޔުންތެރިންގެ ހައްގު

Image
8 ޖުލައި 1933 ވީ ހޮނިހިރު ދުވަހެވެ. "އަލް އިސްލާޙު" މަޖައްލާ ދިވެހި ވުޖޫދަށް އަލިވިލުނެވެ. ދިވެހި ތާރީހުގެ ލިޔުންތެރިކަމުގެ ފެށުމުގެ ދަންމަރުގައި ހުޅުކޮޅުރޯކުރަމުންނެވެ.  ބަރާބަރު 90 އަހަރު ފަހުން އެދުވަހުގެ ހަނދާން މިއަދު އާކުރަނީ، ދިވެހި ރާއްޖޭގެ ލިޔުންތެރިންގެ ދުވަހުގެ ގޮތުގައެވެ. ދުވަހުގެ ތަހާނީ ދިވެހި ރާއްޖޭގެ އެހާރާއި މިހާރުގެ ލިޔުންތެރިންނަށް އަރިސްކުރަމެވެ.  ދިވެހި ލިޔުންތެރި ކަމުގެ ދާއިރާ ފުޅާވެފައިވާއިރު، މިއަދު ބޮޑަށް އަލިއަޅުވާލާހިތް އޮތީ، އެންމެ ގިނަ މީހުންނަށް އެބައެއްގެ ލިޔުންތައް  ފެންނަ ނޫސްވެރިކަމުގެ ލިޔުންތަކަށެވެ. ދިވެހި ރާއްޖޭގެ ނޫސްވެރިކަން  ވަނީ އިންތިހާއަށް ފުޅާވެ، މިނިވަންކަމާއެކު ހަށިފޮޅާލާ ތެދުވެފައޭ ބުނެވިދާނެއެވެ. އެހެނަސް މިއަދު ބަލާލަ ހިތް އޮތީ ނޫސްވެރިމަކަމަށްވުރެ ނޫސްވެރިކަމުގެ ލިޔުންތެރިކަމަށެވެ.  ޒަމާން ބަދަލުވެ، ޗާޕުހާނާތަކުން ނެރުނު ނޫސްވެރިކަން މާޒީއާއެކުވެ، މިއަދު އެންމެ ހިނގާ ނޫސްވެރިކަމަކީ، އޮންލައިން މީޑިއާތަކެވެ. އޮންލައިން ނޫސްތަކެވެ. އޭގެ ޒާތުގައި ހަރަދު ކުޑަ، ވަސީލަތެއްކަމުން  ރާއްޖޭގައި ވަރަށް ގިނަ އަދަދަކަށް ނޫސް ރަޖިސްޓަރީ ކުރެ

މިރާ ނިއުރޯން ގެ ވާހަކަ...

Image
ނިއުރޯން އަކީ މިފަހަކަށްއައިސް ދިވެހިންގެތެރޭ އާއްމުބަހެކެވެ. ގިނަފަހަރަށް މިބަސް އިވެނީ ސިޔާސީ އެއްވުންތަކާ، ސައްލާތަކާއި މެހެފިލް ތަކުގައި ތިމާނުރުހޭމީހާ ނިކަމެތިކުރަންބުނާ ބަހެއްގެ ގޮތުގައެވެ. އެވެނި މިވެނި މީހަކު ނިއުރޯން މަދޭކިޔާތީއެވެ.   މާތް ﷲ އަޅުގަނޑުމެންނީ އޯގާތެރިންކަމުގައި ލައްވާށިއެވެ. ނިއުރޯން އަކީ ކޮބާ؟ ފުރަތަމަ ނިއުރޯން އާދައިގެ ގޮތަކަށް ފަހުމުކުރަމާތޯއެވެ. ނިއުރޯން އަކީ އެއްމެ އާދައިގެ ބަހުން ދަންނަވާނަމަ، މުވާސަލާތީ ވަސީލަތެކެވެ. ސިކުނޑިން ހަށިގަނޑުގެ ބައިތަކަށް ފޮނުވަންބޭނުންވާ މެސެޖުތައް ނާރުތަކުން (ނާރވް ފައިބާރ) ފޮނުވުމަށް ބޭނުންކު ރާ ސިގްނަލް ސިސްޓަމެކޭވެސް ދެންނެވިދާނެއެވެ. މިސާލަކަށް އަޅުގަނޑުމެން ހޫނުއެއްޗެއްގައި އަތްލެވުމުން، އަތަށް އެހޫނުކަމާއި އަދި އަތް ދުރުކުރަން އަވަހަށް އަތް ދަމައިގަންނަންވީކަން ބުނެދެނީ ސިކުނޑިއެވެ. އަތް ހޫނުތަނުގައި ޖެހުމާއި، އަތް ދަމައިގަތުމާއި ދެމެދު ހިނދުކޮޅެއްވެސް ނުހިނގާތީ މި މުވާސަލާތުގެ އަވަސްކަން އެބަދޭހަވެއެވެ. މިރާ ނިއުރޯން އެނގުމާއި އޭގެ މަސައްކަތް ދެން ނިއުރޯންގެ ތެރެއިން މިރާ ނިއުރޯން އަށް ބަލާލަމާތޯއެވެ. ފުރަތަމަ

ކުޑަކުދިންގެ ދުވަސް – ޑީއެންއާރުން ނުދެއްވާ އައިޑީކާޑު.

Image
  ކުޑަކުދިންގެ ދުވަހުގެ ތަހާނީ ފޮނުވަނީ ހެޔޮހިތަކާއެކު ނުހަނު އުފަލުންނެވެ. މާތް ﷲ އެކުދިންނަކީ، މާދާމާ، އިސްލާމީ އުއްމަތާއި މިވަތަން ފަހުރުވެރިވާނެ ދަރިންކަމުގައި ލައްވާށިއެވެ. އެކުދިންނަކީ، އިލްމާއި އަހުލާގުން ޒީނަތްތެރިވެފައިވާ އަދި ހައްގުތަކާއި ޒިއްމާތައް އޭގެ ގޮތުގައި އުފުލާ ކުދިންނަށްވޭތޯ އަޅުގނަޑުމެން މަސައްކަތްކުރަންޖެހެއެވެ.   ކުޑަކުއްޖަކު ދުނިޔެއަށް އައުމުން އަޅުގަނޑުމެން އެންމެ އަވަސްވެގަންނަ އެއްކަމަކީ އެދަރިފުޅަށް ނަމެއްކިޔާ، އޭނަގެ އައިޑެންޓިޓީ ކަނޑައެޅުމެވެ. ޑީއެންއާރުން ފޮޓޯޖެހި އައިޑީކާޑު ހައްދާ، ދަރިފުޅު ރަސްމީ ރައްޔިތަކަށް ހެދުމެވެ. އެހެނަސް މިއަދު މިދައްކަނީ ޑީއެންއާރުންނުދެއްވާނެ އައިޑެންޓިޓީ ކާޑުގެ ވާހަކައެވެ. އެއީ ސިކުނޑީގައި އުފެދޭ ކާޑެކެވެ. ހިތުގައި ބިންވަޅުނެގޭ ކާޑެކެވެ. އޭގައި ލިޔެވެނީ، ކުއްޖަކު އޭނަގެ އަމިއްލަ ނަފުސު ސިފަކޮށް، ބައްޓަންކޮށް އަދި ދައްކުވައިދޭގޮތެވެ. އިންސާނާގެ ގާތްގަނޑަކަށް މުޅިހަޔާތް ގިނަފަހަރު ބިނާވެފައިބަނީ މިދެންނެވި އައިޑީކާޑުގައިވާ އެއްޗަކަށް ބަލައިގެންނެވެ. މިއަށް އަމިއްލަ އައިޑެންޓިޓީއޭ ނުވަތަ ސެލްފް އައިޑެންޓިޓީ ކިޔައެވެ. 1-    

ކިނބުލެއް ބަނދެއް ހައްޔަރު ނުކުރާންވީ ގޮތް

Image
  މިއަދު ނޫސްތަކުން ފެނުނު އެއް ހަބަރަކީ ހއ.ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުން، ކިނބުލެއް ފެނިގެން ސިފައިން ހަރަކާތްތެރިވި ހަބަރެވެ.    މަސްބާނަން އުޅުނު ދޯނިން އޮތީ ކަންވާރެއްގައި ކިނބޫ ބާނާފައެވެ. ސިފައިން ވަނީ ހޯރަފުށީގެ ހުޅަނގުން 45 ވަރަކަށް ނޯޓިކަލް މޭލު ބޭރަށް އޭތި ދޫކޮށްލާފައެވެ. މުހިއްމުވީ އެ ހަބަރާއެކު ފެނުނު ފޮޓޯއެވެ. ކިނބުލުގެ ތުންގަޑުގެ އިތުރުން ހަތަރެސްފައި އޮތީ ޑަކް ޓޭޕުން ފިސާރު ވަރުގަދަޔަށް ބަނދެލާފައެވެ. މިއޮތީވާ ހައްގުގެ ޒަމާނެއްތާއެވެ. ވަގުތުން ފެންނަން ފެށީ ކިނބުލާމެދު އިހާނެތިކޮށް ކަންކުރި ކަމުގެ ޝިކާޔަތު ތަކެވެ. ހިތަށް އެރިއެވެ. ޔަގީން ކަށަވަރުންވެސް ދިވެހި ސިފައިންނަކީ އަނިޔާވެރިބައެއް ނޫނެވެ. އެކަމަކު އެ ކިނބޫ ރަމަތަކުރުމަށް އެއަށްވުރެ ތަންކޮޅެއް ލުއި ގޮތެއް ބޭނުންކުރެވިދާނެއެވެ. އެއްޗެއްބުނުމުގެ ކުރިން ދެކޮޅު ބަލާލަން ޖެހޭނެތީ، ކުޑަކޮށް ކިޔާލީމެވެ. ކިނބޫ ހިފާ ގެންގުޅުމުގައި ސަމާލުވާންޖެހޭ ކަންތައް ގިނައެވެ. ސަބަބަކީ އެއީ ތަބީއަތުގައި މީހަކަށް ނުވަތަ ބަޔަކަށް ބޮޑުއަނިތަކެއް ދެވިދާނެ ނުރައްކާތެރި ޖަނަވާރަކަށްވާތީއެވެ. އެ