ވެށީގެ ނުރަނގަޅު ބީރައްޓެހިންގެ ވާހަކަ
ނިމިދިޔަ ހަފުތާގައި މުޅި ޤައުމުގައި އެންމެ ބާރު އަޑަކަށް ފެތުރުނީ ބޭރުން ގެނެސްފައިވާ ދޫނިތަކެއް ލީތަލް އިންޖެކްޝަންޖަހައިގެން މަރާލި ވާހަކައެވެ. އެކަމާމެދު އިތުރު ބަހުސަކަށް މިތަނުގައި ދާކަށް ނެތީމެވެ. ޔަޤީނުންވެސް އަޅުގަނޑުގެ އުއްމީދަކީ، ދިރޭ ފުރާނައެއް ދުއްވާނުލާ ވާނެ ހަމަ އެއްވެސް ގޮތެއް އޮތްނަމަ، އެގޮތަކަށް ކަންތައް ފަހިވުމެވެ. އެހިސާބުން އެވާހަކަ ކުރުކޮށްލާ، އަސްލު މައުޟޫއަށް އެނބުރިލާނަމެވެ. އަޅުގަނޑުމެންގެ މިޤައުމުވެސް ދުނިޔޭގެ ވިޔަފާރި ބާޒާރަށްވަދެ، މުއާމަލާތުކުރަންފެށުމާއެކު، ޤައުމުގައި ނެތް އެތައް ހާސް ސާމާނެއް ލިބި އޭގެ މަންފާއެބަކުރެއެވެ. މިގޮތުން ދިރިއުޅުމުގެ ހުރިހާ ކަމަކަށް ބޭނުންވާ ސާމާނުގެ އިތުރުން ދިރޭތަކެތިވެސް ގިނަ އަދަދަށް އެބަ އެތެރެކުރެވެއެވެ. އެކިފާޑުފާޑުގެ މާގަހާއި މޭވާގަސް، ދޫނި، މަސްމަހާމެހި އަދި އެހެނިހެން ޖަނަވާރުވެސް އެބަ ގެންގުޅެއެވެ. މިކަމުގައި، ޤައުމަށް ބަލިމަޑުކަމެއް އެތެެރެވިޔަ ނުދިނުމަށާއި، ޤާނޫނުން މަނާކުރާ ތަކެތި މިޤައުމުގެ ހަފޮޅުން އެތެރެނުވާކަން ކަށަވަރުކުރަން ކެނޑިނޭޅި މަސައްކަތް ކުރެވެއެވެ. އިސްވެ ދެންނެވި ދޫނިތައް މަރާލުމަކީވެސް މިދެންނެވި