އެހިސާބުން އެވާހަކަ ކުރުކޮށްލާ، އަސްލު މައުޟޫއަށް އެނބުރިލާނަމެވެ. އަޅުގަނޑުމެންގެ މިޤައުމުވެސް ދުނިޔޭގެ ވިޔަފާރި ބާޒާރަށްވަދެ، މުއާމަލާތުކުރަންފެށުމާއެކު، ޤައުމުގައި ނެތް އެތައް ހާސް ސާމާނެއް ލިބި އޭގެ މަންފާއެބަކުރެއެވެ. މިގޮތުން ދިރިއުޅުމުގެ ހުރިހާ ކަމަކަށް ބޭނުންވާ ސާމާނުގެ އިތުރުން ދިރޭތަކެތިވެސް ގިނަ އަދަދަށް އެބަ އެތެރެކުރެވެއެވެ. އެކިފާޑުފާޑުގެ މާގަހާއި މޭވާގަސް، ދޫނި، މަސްމަހާމެހި އަދި އެހެނިހެން ޖަނަވާރުވެސް އެބަ ގެންގުޅެއެވެ. މިކަމުގައި، ޤައުމަށް ބަލިމަޑުކަމެއް އެތެެރެވިޔަ ނުދިނުމަށާއި، ޤާނޫނުން މަނާކުރާ ތަކެތި މިޤައުމުގެ ހަފޮޅުން އެތެރެނުވާކަން ކަށަވަރުކުރަން ކެނޑިނޭޅި މަސައްކަތް ކުރެވެއެވެ. އިސްވެ ދެންނެވި ދޫނިތައް މަރާލުމަކީވެސް މިދެންނެވި މަސައްކަތުގެ ތެެރެއިން ހިނގާދިޔަ ނުކިއްސަރު ކަމެކޭ ދެންނެވިދާނެއެވެ
ދިރޭތަކެތި
ބޭރުން އެތެރެކުރަނީ އެބޭނުންވާމީހުން ތިބީމައެވެ. އޭގެއިން ފައިދާއާއި މަންފާ،
އަދި ހިތައް އުފާވެރިކަން ލިބިގަންނަ އެތައް ބަޔަކުތިބީތީއެވެ. ވީމާ އެއީ ހަމަ
ރަނގަޅު ކަމެކެވެ. އަދި އިތުރުވާ އިޤްތިސާދީ އަދި އިޖުތިމާއީ ހަރަކާތެއްވެސްމެއެވެ.
މައްސަލަޖެހޭ
ހިސާބުތޯއެވެ. ކޮންމެ މާހައުލެއްވެސް ޤުދުރަތުން ހައްދަވާފައިވަނީ އެތަނުގެ
މާހައުލުގެ ތަރާދަށް ބޭނުންވާނެ ބަހާތަކާއެކުއެވެ. ނުވަތަ ބެލެންސްޑް
އިކޮލިޖީސިސްޓަމަކާ އެކުއެވެ. މިދެންނެވި މާހައުލަށް، ތަނާއި ނުގުޅޭ ތަކެތި
ހުޅަހެޅިގެން ދިއުމަކީ ތަނުގެ ދިރުންތަކުގެ ތަރާދު ދެކޮޅަށްކިރި، އޭގެ ހަމަ
ގެއްލިދާނެ ކަމެކެވެ. އިކޮލޮޖިކަލް އިމްބެލެންސް އޭކިޔައެވެ.
އެފަދަ ބޭރުން އަންނަ އަދި ތަނުގެ އަސްލު ދިރުމަށް ދަތިކުރާ ދިރުންތަކަށް އިންވޭސިވް އޭލިއަން ސްޕީޝީސް ކިޔައެވެ. އެހެން ކަމުން ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު މާހައުލެއްގައި މިކަމާމެދު ފަރުވާތެރި ނުވެއްޖެ ނަމަ، އޭގެ ނޭދެވޭ އަސަރުކޮށްފާނެެއެވެ.
މިސާލަކަށް އައްޑޫގެ ކުޅިތަކުން
މިހާރު އެތަކެއްހާހުން ގުނާލެވޭ ފޫޓުމަސް ނުވަތަ ތެލާޕިއާއެބަފެނެއެވެ. ރަށުގެ
ދުވަސްވީ ބައެެއްމީހުން ފުށުން އަޑު އިވިފައިވާގޮތުން، ފޫޓުމަސް އައްޑުއަށް ތަޢާރަފުވީ އިނގިރޭސިންގެ
ދުވަސްވަރެވެ. އަދި ފޯއްމުލަކަށް ގޭގޭގެ ވަޅަށް އަޅަން އިހު އައްޑުއިން ފޫޓުމަސް
ގެންދިޔަ ހަނދާން ހުންނަކަމަށް އެރަށުގެ ދުވަސްވީ ދަތުރުކުރާ ބޭފުޅަކު
ބުނިއަޑުއެހީމެވެ. އައްޑުއަށް ފޫޓުމަސް ތަޢާރަފުވީ އިނގިރޭސިންގެ ފުށުން ކަމަށް
ބުނާބުނުމަކީ، ކީހާވަރެއްގެ ހަޤީގަތެއްހުރި ބުނުމެއްކަން ކަށަވަރުނުވިޔަސް،
އަޅުގަނޑުގެ ހަނދާނުންވެސް އެއްކަމަށް އެބައިނގެއެެވެ. 1990 އާއި 1997 އާއި ދެމެދު
ވަރަށް ގިނައިން ހިތަދޫ އާރިކިޅި އަށް
ދެވުނުއިރު، ކަށަވަރުންވެސް އޭރު މިދެންނެވި ފޫޓުމަސް ފެންނަނީ ވަރަށް ވަރަށް
މަދުންނެވެ. ބަދަލުގައި އެންމެ ގިނައިން ފެންނަނީ ފެންމީރުމަސް ނުވަތަ ފެންފިލަ އާއި، ބޭނގު އަދި
ގިނަ އަދަދަކަށް ޑިނގާ ނުވަތަ ތައްލިހިއެވެ. މިިއަދު ކުޅިން ފެންމީރުމަސް އަދި
ޑިނގާ އެއްވެސް ވަރަކަށް ނުފެނެއޭބުނުން ދޮގަަކަށް ނުވާވަރުވެއްޖެއެވެ.
އައްޑޫގެ ހުރިހާ ކުޅިތަކެއްގައި މިދެންނެވި ފޫޓުމަސް ވަނީ އިންތިހާއަށް ގިނަވެފައެއެވެ. އާދެ، އަޅުގަނޑު ކުރިންދެންނެވި ވެށީގެ 2 ބަހާއެއް ނެތިދާހިސާބަށްގޮސް މުޅިން އާބަހާއެއް އަތްގަދަކޮށްފިއެވެ. ފޫޓުމަހަކީ އޭގެ ޒާތުގައި އާބާދީ އަވަސް އަވަހަށް އިތުރުކުރާ މަހެކެވެ. އޭގެ ކެެއުމަށް ކުދި އެހެންމަސް މަހަށް ހަމަލާދެއެވެ. އެހެންކަމުން، ފޫޓުމަސް ބެލެވެނީ، ކުރިން ދެންނެވި ފަދަ އިންވޭސިވް އޭލިއަން ސްޕީޝީސް އަކަށެވެ.
ކުރީގެ ކޮންވެސްޝަން ސެންޓާރ އޭ ލިޔުނީ ރާއްޖޭގެ އެންމެނަށް އެތަން ފެނި މަޝްހުރުވީ އެގޮތަށް ކަމަށްވީމައެވެ. އާދެ، ސާކް ސަމިޓާއެކު އެތަނަށް ޒީނަތްތެރިކަމަށް ގެނެވުނު އެކައްޗަކީ ޗާލު ވޯޓާރ ލިލީތަކެކެވެ. މާތަށް ފޮޅިލާއިރު ވަރަށް ޗާލެެވެ. އެތަނުން ލިލީކޮޅެއް ސިއްރުސިއްރުން ކިތައްމެ ގެއެއްގެ ޕޮންޑުތަކުގެ ފަޅުފިލުވައިފިއެވެ. އައްޑޫ ފަހަނައަޅާ، ކިތައްމެ ރަށަކަށް ގޮސްފިއެވެ. އެހެން ނަމަވެސް މިދެންނެވި، ބޭރުން ގެނެސްފައިވާ ލޮަޓަސް އަކީ އޭގެ ޒާތުގައި ވަރަށް ބާރަށް ފެތުރޭ ވަރަށް ވަރުގަދަ ހޮސްޓައިލް ގަހެކެވެ. މިކަން މިވަގުތު އައްޑޫގައި ތިބި މީހުންނަށް ފެންނާނެއެވެ. ހޮސްޕިޓލުގެ ވަށައިގެންވާ ފެންގަނޑުތަކުގައި ލޮަޓަސް ފެތުރިފައިވާ މިންވަރާއި، އެތަކެތި ސާފުކުރުމުން އަލުން އިތުރުވާ އަވަސްމިން ފާހަގަވާނެއެވެ. ކުރިން ދެންނެވި ފަދަ އިންވޭސިވް އޭލިއަން ސްޕީޝީސް އެކަށެވެ.
މިހިސާބުން ވެދާނެކަމަށް ފެންނަ ވާހަކައެއް ދަންނަވާފާނަމެވެ.
އޭއީއެޗްގެ ފެންގަނޑުތައްކައިރިއަށް ބޭނގުތަކަށް ކާންދޭން ކުދިބޮޑު މީހުން
ދަނީ ވަރަށް އުފަލުންނެވެ. އެހެންނަމަވެސް އެތަނުން އެފެންނަ 3-4 ކާރޕް އަދި
ގޯލްޑް ފިޝް އަކީ ފަހަރުގައި ދުވަސްތަކެއް ފަހުން ފޫޓުމަހުގެ އަތްގަދަކުރުން ފަދަ
ކަމެއްގެ ފެށުމަކަށް ވެދާނެއެވެ. ކާރޕަކީ، ވަރަށް ބޮޑަށް އިންވޭސިވް މަަހެކެވެ.
ބަލާބެލުމަށް ޗާލަސް ގޯލްޑްފިޝްވެސް މެއެވެ. އާދެ، ކުރުކޮށް ދަންނަވާނަމަ، ބޭރުން
ގެނެވުނު ލޮޓަސް، ކާރޕް އަދި ގޯލްޑް ފިިިޝްތަކަކީ އެހިތްގައިމު އިކޮލޮޖީގެ
ތަރާދަށް ލޮޅުން އަރުވާލަފާނެ ތިން އިންވޭސިވް އޭލިއަން ސްޕީޝީސް އެވެ.
ޔޯފޯބިއާ
މިއީވެސް ދުވަސްތަކެއް ކުރިން ވަރަށް މަޝްހޫރުވި ގަހެކެވެ. ބޮޑު ވިޔަފާރިއަކަށްވެސް ވެގެންދިޔައެވެ. ޔޫފޯބިއާގެ ފޯރި މަޑުމަޑުން ކެންޑެންފެށީ، އެގަހުގެ ކިރަކީ ވިހައެއްކަމަށާއި، ލޮލަށް އޭގެ އަސަރު އިންތިހާއަށް ކޮށްފާނެކަމުގެ އަޑު ފެތުރުން ހިސާބުންނެވެ. ބަލާލި ބަލާލުމުން އެކަމުގައިވެސް ހަޤީގަތްތަކެއްވެސް ވާކަމަށް ހުރި ދިރާސާތައް އެބަ ފެނެއެވެ. އެން ނަމަވެސް އެ ގަސް މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާލާވެއްޖެއެވެ. އޭގެ ޒާތުގައި އަޅާނުލާ ދޫކޮށްލުމަކުން މަރުވާގަހެއްވެސް ނޫނެވެ. އަމިއްލަ ތަޖުރިބާއެއް ހިއްސާކޮށްލާނަމެވެ. ކޮއްކޮ ގެންގުޅުނު ޔޫފޯބިއާ ގަސްތަކެކެވެ. ގަހުގެ ފޯރި ދިއުމުން، މީގެ 10 ވަރަކަށް އަހަރު ކުރިން ގަސްމުށިތަކެއްގައި ހުރި ގަސްތައް ބެހެއްޓީ، ގޭގެ ފާހާނާމަތީ އަޅާފައިވާ ކޮންކިރިޓް ޝީޓް މަތީގައެވެ. ދޭހާ އައްވެއްގައި، ވެހޭވާރެއެއްގައެވެ. 10 އަހަރު ފަހުން އަދިވެސް އެގަސްތައް އެހެރީ އެވެ. އެހެންކަމުން ވެއްޓަށް އާގަހެއް އަދި އާދިރުމެއް ދޫކޮށްލުމުގެ ކުރިން ވިސްނާލުން މުހިއްމު ކަމަށް ފެނެއެވެ.
ކާޅު
އަޅުގަނޑުގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ކާޅެއް ހަމަލޮލުން ފެނުނީ 2006 ވަނަ އަހަރުއެވެ. އައްޑޫގައި ދުވަހަކުވެސް ކާޅު ނޫޅޭތީ ފެނުމުގެ ފުރުސަތެއްނެތި ފުރަތަމަ ފެނުނީ ކ. މާފުށިންނެވެ. އާދެ، އެއީ އައްޑޫ އިކޮލިޖިކަލް ސިސްޓަމްގެ ބައެއް ނޫނެވެ. ނަމަވެސް މިދިޔަ 2 އަހަރެއްހާ ދުވަސްތެރޭ، ވަރަށް މަދުން އައްޑޫއިން ކާޅު ފެނެއެވެ. އަޅުގަނޑަށް ފެނުނީ އެންމެ ފަހަރަކުއެވެ. އެހެން ނަމަވެސް، ކާޅު ދޮންދީނި އަށް ހަމަލާދީ ކުދި ދޮންދީނި މަރާލާ، ހާލިން ވައްޓާލާ މަންޒަރު މީސްމީޑިއާއިން ދޭތެރެދޭތެރެއިން އެބަ ފެނެއެވެ. ދޮންދީނަކީ ރާއްޖޭގެ ހަމައެކަނި އައްޑޫގައި އުޅޭ ދޫންޏަކަށްވެފައި، ކާޅު އޭދޫނިތަކަށް ގޯނާކުރާނަމަ، އައްޑޫގައި ކާޅު ގިނަވުމަކީ އޭގެ ޒާތުގައި ދޮންދީނިގެ ދެމިހުރުމަށް ބުރުއަރާފާނެ ކަމެކެވެ. ސަބަބކީ ކާޅަކީ އޭގެ ޠަބީއަތުގައި ނުފޫޒުގަދަ، އަދި އަވަހަށް އާބާދީ އިތުރުވެސް ކުރާ ދޫންޏެކެވެ.
މިދެންނެވިކަންތަކުން
އަޅުގަނޑަށް ޤާބޫލުކުރާހިތް އޮތީ، ބޭރުން އެތެރެކުރެވޭ ދިރޭތަކެއްޗާމެދު
އަޅުގަނޑުމެން ސަމާލުވާންވީ ހަމައެކަނި ނައްތާލުމުން ނޫންކަމެވެ. ހަމަ އެވަރުގެ
ސަމާލުކަމެއް ދޭންވީ އަނެއްކަމަކީ އެތަކެތިން އަޅުގަނޑުމެންގެ ވައްޓަށް ނޭދެވޭ
އަސަރުވެސް ކޮށްފާނެތީއެވެ. ރައްކާވެރިބިއްޔާ ދަތުރެވެ. އިންވޭސިވް އޭލިއަން ސްޕީޝީސް ތަކެއްގެ ސަބަބުން އަޅުގަނޑުމެންގެ
ވެއްޓަށް ނުރައްކާވެދާނެކަމަށް ފިސާރި ހުށިޔާރުވާން ޖެހެއެވެ.