Posts

Showing posts from November, 2022

ހަތަރު ފަސް ލަފުޒު

Image
  މާމޮޅު މާހިރަކަށް، އަދި ފުންނާބު އުސް މީހަކަށް ވެގެނެއްނޫނެވެ. އަޅުގަނޑަށް އެނގިހުރި މިންވަރަކުން ވަރަށް ގިނައިން ބޮޑެތި ބޭފުޅުންގެ ވާހަކަތަކުގައި އިވޭ ދެތިން ލަފުޒެއް ތަންކޮޅެއް ތިލަ އިބާރާތުން ބުނެލަންކަމަށެވެ. އިގްތިސާދު ކުރިއެރުމަށް އަޅުގަނޑުމެން އެދޭ އިރު އެކަމުގެ ތެރޭ ވަރަށް އާންމުކޮށް ބޭނުންކުރާ ބައެއް ބަސްބަހެވެ. ސަބްސިޑީ- މިބަސް ބޭނުންކުރަނީ ޤައުމެއްގެ ސަރުކާރުން، އެގައުމެއްގައި ކަނޑައެޅޭ މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭބަޔަކަށް، އެމުދާ ނުވަތަ ހިދުމަތް ފޯރުކުރުމަށް ކުރެވޭ ހޭދަ އުނިކުރުމަށް ދެވޭ ހިލޭ އެހީއަކަށެވެ. އެގޮތަށް ކުރެވޭ ހޭދަ ކުޑަކޮށްދިނުމުން ރައްޔިތުންނަށް ފޯރާވަރުގެ އަގެއްގައި ލިބިދިނުމުގެ ބޭނުމުގައެވެ. މިސާލަކަށް ފެނަކައަށް ސަރުކާރުންސަރުކާރުން ތެލުގެ ސަބްސިޑީ ދިނުމުން ތެލަށް ކުރާހޭދަ ލުއިވެ، އޭގެ ބަދަލުގައި ކަރަންޓަށް ބިލުކުރާ މިންވަރު ދަށްކުރެވެއެވެ. ޓެކްސް- މިއީ   ގައުމެއްގެ ރައްޔިތުން ނުވަތަ ވިޔަފާރިތަކުން، ސަރުކާރަށް ދެއްކުމަށް ގާނޫނީ ގޮތުން ލާޒިމު ކުރާ ފައިސާގެ މިންވަރެކެވެ.   މިސާލެއްގެގޮތުން ދިވެހިންނަށް އެންމެ ފަރިތަ އެއް ޓެކުހަކީ، ޖީއެސް

ޝަވަންއަށް އެކެއް، އަޅުގަނޑުމެންނަށް ސުމެއް

Image
އުމުރުން 7 އަހަރުގެ ޝަވަން ގެ ހިތްވަރަށް އައްސަރިބަހާއި ސާބަހެވެ. ތިޔާއި ހިތްވަރުގަދަ ޖެހިލުންކުޑަކުއްޖެއްކަން ސާބިތުކޮށްފީމުއެވެ. ޝަވަންގެ މައިންބަފައިންވެސް މެއެވެ. އާއިލާގެ އެހީތެރިކަމާއި ހިތްވަރުދިނުންނެތް ނަމަ އެއުމުރައި ޝަވަންއަށް އެފިޔަވަޅު އަޅަންދަތިވީހެވެ. އަދި މަކުނުދޫ ސްކޫލަށް ޝުކުރާއި ތައުރީފު ހައްޤުވެއެވެ . ފޮޓޯ މިހާރު ނޫހުން ކުދިންގެ ޖިސްމާނީ ސިފައަކަށް ބެލުމެއްނެތި ހަމަހަމަ ފުރުސަތު ފަހިކޮށްދީފީމުއެވެ. އަދި މިއަދު ޝަވަން އަށް މަސްނޫއީފައެއް ލިބޭނެ ކަމުގެ ހަބަރު ލިބިފައިވާއިރު އެކަމުގައި މެދުވެރިވި އެންމެނަށްވެސް ޝުކުރުހައްގެވެ. އުއްމީދަކީ އަދި ދުޢާއަކީ، މާލަސްތަކެއްނުވެ ޝަވަންއަށް ފައި ހަރުކުރެވި ފަސޭހަކަމާއެކު އުޅެލެވޭނެ ގޮތްވުމެވެ . ހިތަށް އެރިއެވެ. މިއީ ހަމަ މިކަންވާންވީ ގޮތްތޯއެވެ.   ދިވެހި ރާއްޖެއަކީ ގައުމުގެ މުޅި އާބާދީއަށް މުޅިންހިލޭ ބޭސްފަރުވާ ކުރެވޭ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. ވަރަށް ގިނަ ގައުމުތަކުގެ ރައްޔިތުންނަށް ސަރުކާރުތަކުން ސިއްހީ އިންޝޫރަންސް ނިޒާމުތައް ގާއިމުކޮށްފައިވާ އިރު، ވަރަށް ގިނަ ގައުމުތަކުގައި، ރައްޔިތުން އޭގެ ކޮންމެވެސް މިންވަރެއްގ