Posts

Showing posts from January, 2023

ކިނބުލެއް ބަނދެއް ހައްޔަރު ނުކުރާންވީ ގޮތް

Image
  މިއަދު ނޫސްތަކުން ފެނުނު އެއް ހަބަރަކީ ހއ.ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުން، ކިނބުލެއް ފެނިގެން ސިފައިން ހަރަކާތްތެރިވި ހަބަރެވެ.    މަސްބާނަން އުޅުނު ދޯނިން އޮތީ ކަންވާރެއްގައި ކިނބޫ ބާނާފައެވެ. ސިފައިން ވަނީ ހޯރަފުށީގެ ހުޅަނގުން 45 ވަރަކަށް ނޯޓިކަލް މޭލު ބޭރަށް އޭތި ދޫކޮށްލާފައެވެ. މުހިއްމުވީ އެ ހަބަރާއެކު ފެނުނު ފޮޓޯއެވެ. ކިނބުލުގެ ތުންގަޑުގެ އިތުރުން ހަތަރެސްފައި އޮތީ ޑަކް ޓޭޕުން ފިސާރު ވަރުގަދަޔަށް ބަނދެލާފައެވެ. މިއޮތީވާ ހައްގުގެ ޒަމާނެއްތާއެވެ. ވަގުތުން ފެންނަން ފެށީ ކިނބުލާމެދު އިހާނެތިކޮށް ކަންކުރި ކަމުގެ ޝިކާޔަތު ތަކެވެ. ހިތަށް އެރިއެވެ. ޔަގީން ކަށަވަރުންވެސް ދިވެހި ސިފައިންނަކީ އަނިޔާވެރިބައެއް ނޫނެވެ. އެކަމަކު އެ ކިނބޫ ރަމަތަކުރުމަށް އެއަށްވުރެ ތަންކޮޅެއް ލުއި ގޮތެއް ބޭނުންކުރެވިދާނެއެވެ. އެއްޗެއްބުނުމުގެ ކުރިން ދެކޮޅު ބަލާލަން ޖެހޭނެތީ، ކުޑަކޮށް ކިޔާލީމެވެ. ކިނބޫ ހިފާ ގެންގުޅުމުގައި ސަމާލުވާންޖެހޭ ކަންތައް ގިނައެވެ. ސަބަބަކީ އެއީ ތަބީއަތުގައި މީހަކަށް ނުވަތަ ބަޔަކަށް ބޮޑުއަނިތަކެއް ދެވިދާނެ ނުރައްކާތެރި ޖަނަވާރަކަށްވާތީއެވެ. އެ