Posts

Showing posts from June, 2022

ޔޯގާ ގެވާހަކަ

Image
މިއަދު މުޅި ރާއްޖޭގައި ދެކެވޭ ވާހަކައަކީ ޔޯގާގެ ވާހަކައެވެ. ބައިނަލް އަޤްވާމީގޮތުން ފާހަގަ ކުރާ ދުނިޔޭގެ ޔޯގާ ދުވަހަކީ، 21 ޖޫން އެވެ.   ޔޯގާ ދުވަހުގެ ލޯގޯ މިދުވަސް ފާހަގަ ކުރަން ފެށީ، އދ ގެ އާއްމު މަޖިލިސްގެ 69 ވަނަ ސެޝަންގެ 124 ވަނަ އެޖެންޑާ އިން 177 މެމްބަރު ގައުމުގެ ތާއިދާއެކު، 11 ޑިސެމްބަރު 2014 ގައި، ކޮންމެ އަހަރެއްގެ 21 ޖޫން އަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ޔޯގާ ދުވަހުގެ ގޮތުގައި ކަނޑައެޅުމުންނެވެ. އދ ގައި ބައިވެރި ވެފައިވާ އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާ އޯއައިސީގެ 55 ޤައުމުގެ ތެރެއިން ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކުން މިހުށަހެޅުން ބަލައިގަތް އިރު، ހުށަހެޅުމަށް ތާއިދުނުކުރި 16   ގައުމުގެ ތެރޭ 9 މުސްލިމް ގައުމު ހިމެނުނަސް، އެއްވެސް ގައުމަކުން ހުށަހެޅުމަށް ދެކޮޅު ހަދާފައިނުވެއެވެ. ޔޯގާ ދުވަސް ފާހަގަ ކުރުމަށް ހުށަހެޅުމުން އެކަމުގައި ބައިވެރިނުވި މުސްލިމު ޤައުމުތަކުތެރޭގައި ސައުދީ އަރަބިއްޔާ، ޕާކިސްތާން، ބުރުނާއި، މެލޭޝިޔާ އަދި ލީބިޔާ ހިމެނެއެވެ. އިންޑިއާގެ ބޮޑުވަޒީރުގެ ގޮތުގައި އޭރުވެސް ހުންނެވީ މިހާރުގެވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. މޯދީ އދ ގެ އާއްމު މަޖިލި