މިކަން ނިމޭނީ ކޮން އިރަކުން؟

2019 ވަނަ އަހަރުގެ އެންމެ ފަހު ދުވަސް ވެގެން ދިޔައީ ޗައިނާގެ ހުބޭއި ޕްރޮވިންސުގެ ވޫހާން އިން، ކުރިން ނުފެންނަ އާ ވަރައިރަހެއް (ނޮވެލް ވައިރަސްއެއް) ފެނުނުކަން ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމްޢިއްޔާ, ޑަބްލިއު އެޗް އޯ ގެ ސަމާލު ކަމަށް ގެނެވުނުދުވަހަށެވެ. އެމައްޗަށް 618 ދުވަސްވީއިރު، މިދެންވެނި ވައިރަހުގެ ސަބަބުން މުޅިދުނިޔެ ކުޑަކަކޫ މައްޗަށް ތިރިވި ތިރިވުމުން އަދިވެސް މި އުޅެނީ އަރައި ނުގަނެވިގެންނެވެ. އުފެދޭ ސުވާލަކީ މިކަމުން މިންޖުވާނީ ކޮން އިރަކުންތޯއެވެ !!! ކޮވިޑް ގެ މިހާރުގެ ހާލަތަކީ ކޮބައިތޯ ބަލާއިރު، ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ 223 މިލިއަން އިންސާނުންނަށް ކޮވިޑް 19 ޖެހި 4.6 މިލިއަން މީހުން ވަނީ މަރުވެފައެވެ. ރާއްޖޭގައި 82،364 މީހުންނަށް މި ބަލި ޖެހިފައިވާ އިރު 227 ފުރާނަ ގެއްލިދިޔައެވެ. ދުނިޔޭގެ އާބާދީގެ %40.1 އަށް މަދުވެގެން އެއް ވެކްސިން ދެވިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެން ނަމަވެސް މީގައި ހިއްސާ ކުރަނީ އެންމެ ނާޒުކު އާބާދީ، އާދެ، ފަގީރު ޤައުމުތަކުގެ އެންމެ %1.8 އިންސައްތައެވެ. ރާއްޖޭގައި 395،383 މީހަކަށް ވަނީ މަދ