މިނިވަންވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމުގައި 21 ވަނަ ގަރުނުގެ ގޮންޖެހުންތައް

ދިވެހި ރާއްޖޭގެ މިނިވަންކަމަށް 55 އަހަރުފުރޭ އުފާވެރި މިނިވަންދުވަހުގެ ހެޔޮ އެދުމާއި ތަހާނީ އަރިސްކުރަނީ އުފަލާއެކެއެވެ. ދިވެހި ތާރީޚްގެ ސަފުޙާތައް ނިއުޅާލާއިރު، މިދީބުގެ މިނިވަންކަން ނެތިދިޔަ އެތަކެއް ހިތި ހަނދާންތަކެއްވެއެވެ. ހަމައެހެންމެ، ދިވެހިބިމަށް އުފަން ދިވެހި އެތަކެއްދަރިން ޖާނާއި މާލާއި ފުރާނައިން ޤުރުބާންވެ، މިފަޚުރުވެރި ވަޠަނުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު، އެއިން ކޮންމެ ފަހަރަކުމެ އަލުން ހޯއްދަވައިދެއްވި ކަމީ، މޭމަތީ އަތްޖަހާލާ، ފަޚުރުވެރިވެވޭ ފަދަ ތާރީޚީ، ހަޤީގަތެކެވެ. މިއަދު އަޅުގަނޑުމެންނަށް، މިނިވަން ދުވަހުގައި، މިވަޠަނަށް ކޮށްދެވޭނެ އެންމެ މުހިއްމު އެއްކަމަކީ، މިނަވަންކަމާއި މެދު ވިސްނާ ފިކުރުކުރުމެވެ. އަންނާންއޮތް ޖީލުތަކަށް މި އަގުހުރި އަމާނާތުގެ ވާހަކަ ކިޔައިދީ، އެދަރެސްތައް ކުދިންނަށް ދިނުމެވެ. އެހެން ކަމުން މިއަދު އަޅުގަނޑު ބަލާލާހިތް އޮތީ، 21 ވަނަ ޤަރުނުގައި މިނިވަންކަމާއި އިސްތިޤްލާލަށް އޮތް ބައެއް ގޮންޖެހުންތަކަށެވެ. މިފަދަ ވަގުތަކީ އެކަންކަމާއި މެދު ވިސްނާ ފިކުރުކުރަން އެންމެ މުނާސަބު ވަގުތަށް ވީތިއެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޖަމްޢިއް