Posts

Showing posts from July, 2022

ސަބްސިޑީގެ ދިގު ވާހަކަ

Image
  އަދަކީ، ދިވެހިރާއްޖެ މިނިވަންކަމަށް 57 އަހަރުފުރުނު 58ވަނަ މިނިވަންދުވަހެވެ. މިނިވަން ޖައްވަކަށް ނޭވާ ލުމަކީ، ކޮންފަދަ ބޮޑު ނިޢުމަތެއްކަން އެންމެ ރަނގަޅަށް އިހުސާސްކުރެވޭނީ، އެކަންނެތި ދިޔަ ދުވަހެއް ފެނިފައިވާ ބަޔަކަށެވެ. ދިވެހިންގެ ތެރޭ އެފަދަ މީހުން ގިނަވާނެއެވެ. 3 ނޮވެމްބަރު 1988 ގައި ދިވެހިންގެ އަރުތެރޭ އެހިތިކަމާއި ގިތިކަން އޭގެ އިންތިހާއަށް ހަރުލައިގެންދިޔައީތީއެވެ. މާތް ﷲ މިދީބު އަބަދުމެ މިނިވަންކަމާއި އަމާންކަންމަތީ ލަހައްޓަވާށިއެވެ. އާމީން. ******** މިނިވަންދުވަހު ގައުމާއި މުހާތަބު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެއް ވާހަކައަކީ ތެލުގެ ސަބްސިޑީސް ދޭއުސޫލަށް ބަދަލު ގެންނަ ވާހަކައެވެ. ސަބްސިޑީގެ ވާހަކަ ކަންމެވެސް ވަރަކަށް ދައްކާލަން ހިތައްއެރީ އެހެންވެއެވެ. ސަބްސިޑީއަކީ ކޮބާ؟ ސަބްސިޑީ އަކީ ދައުލަތުން ދޭ ފައިސާގެ އެހީތެރިކަމެކެވެ. ނުވަތަ އިނާޔަތެކެވެ. މިފައިސާ ދެނީ، ކަނޑައެޅޭ މުދަލެއް ނުވަތަ ހިދުމަތެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، ނުވަތަ އެކަމަށް ހިތްވަރު ދިނުމަށެވެ. ނުވަތަ ވަކި މުދަލެއް ނުވަތަ ހިދުމަތެއްގެ އަގު ރައްޔިތުންނަށް އަތ

15 އަހަރު ފުރުމުން...

Image
މީގެ 15 އަހަރު ކުރިއެވެ. 25 ޖުލައި 2008 ވަނަ އަހަރު، ފުރުތަމަ ފަހަރަށް، އލޤ ގެ ނަމުގައި މި ބްލޮގް ހަދާ، ފުރަތަމަ ލިޔުން ލިޔެލީމެވެ. 2006 ވަނަ އަހަރުންފެށިގެން ޕެންނޭމް ގެ ގޮތުގައި ގެންގުޅުނު އލޤ ރަމްޒުކުރީ، އި ންސާފަށް ލޯ ބިކުރާ ޤަ ލަމް މިއަކުރުތަކަށެވެ.    15 އަހަރު ފާއިތުވިއިރު،  އަޑިގަނޑާއި އުސްގަނޑުތައް ކަޑައްތުކުރެވުނެވެ.  ލިޔާ ކޮންމެ ލިޔުމަކީ، ކިޔާ ކޮންމެ މީހަކަށް އެންމެގަޔާވާ، ލިޔުމަކަށް ނުވެދާނެއެވެ. އަދި މަޢުލޫލާތު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހުރި ލިޔުމަކަށްވެސް ނުވެހިނގައިދާނެއެވެ. އެހެނަސް، އެއްކަމެއް ކުރެވޭތޯބޭލީމެވެ. ކޮންމެ ލިޔުމެއްގައިވެސް ހުށަހަޅާލެވޭތޯބެލީ އެކަމެއްގަ އަޅުގަނޑަށް ފެންނަގޮތެވެ. ޤަބޫލުކުރެވޭ އުސޫލެވެ. އާދެ، އަބަދުވެސް ޤަލަން ދަތުރުކުރަނީ އިންސާފަށް ލޯބިކުރާ ހާލުގައިތޯ ހިއްވަރުކުރީމެވެ. މިމަސައްކަތް ފެށިއިރު، ރާއްޖޭގައިވެސް ބްލޮގަރުން ގިނައެވެ. އަދި އެއީ އޭރުގެ ޓްރެންޑެއްމެވެ. މިއަދު ފެޝަން ބަދަލުވެ، ބްލޮގަރުން ކިތައްމެ މަދަސް، ދޭތެރެއަކުން، މި ކޮށާރަށްވަދެ، ކޮންމެވެސް ހާސަރެއް އަމުނާލަނީ، ދެބޭނުމެއްގައެވެ. 15 ވަރަކަށް އަހަރު ލިޔެވުނު 140 ވަރަކަށް ލިޔުނ

ފާލުން ނެއްޓިޔަ ނުދޭށެވެ!

Image
މާގިނަ ހާސަރުތަކެއް ދަމާކަށް، އަދި ފަށުވި ބަސްތަކެއް އަމުނާކަށް ނޫނެވެ.  ބޮޑު ކުރަންވީ ޓެކުހެއް ނޫނެވެ! ކުޑަކުރަންވީ ހަރަދެވެ. ބަލަންވީ އާމްދަނީ ލިބޭނެ މަގުތަކެވެ. އިސްކުރަންވީ ގައުމާއި ގައުމުގެ މަސްލަހަތެވެ. ހިފަހައްޓާ ނަގަހައްޓަންވީ، އިގްތިސާދު ބޮޑު އަނދަވަޅަކުން ސަލާމަތްކުރެވެންއޮތް ކޮންމެ ވަސީލަތެއްގައެވެ. ކުރާންހުރި، ކުރެވިދާނެ ކަންތައްތޯއެވެ؟ އެއީ ފަސޭހާ ކަމެއް ނޫނެވެ. ބޭފުޅުން ވިދާޅުވާހެން، ފިކުރާވާ، ގަޔާވާ ކަންތަކެއްވެސް ނޫނެވެ. މުޅިދުނިޔޭގެ އިގްތިސާދަށް މިއަންނަ ލޮޅުންތަކަށް މެދުވެރިވި މައިގަނޑު ސަބަބަކީ، ކޮވިޑް19 ގެ ބަލިމަޑުކަމާއި، އެކަމުގެ ސަބަބުން ދަތުރު ފަތުރަށް އައި މަޑު ޖެހިލުމާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމައާއި އެކަމުން ހަކަތައިގެ ބާޒާރާއި ކާބޯތަކެތީގެ ބާޒާރަށް އަންނަމުންދާ، އަދި އަންނާނެ ލޮޅުންތަކާއި، ދުނިޔޭގެ ވިޔަފާރި ރޫޓް ތަކަށް އަންނަމުންދާ ހުރަސްތަކާއި އޭގެ އުދާސްކަމެވެ. އެހެނަސް މިކަމުން ރެކެން ބޭނުންނަމަ ފިޔަވަޅު އަޅަން ޖެހޭނީ ހަމަ އަޅުގަނޑުމެންނަށެވެ. ބޮޑު ކުރަންވީ ޓެކުހެއް ނޫނެވެ! ކުޑަކުރަންވީ ހަރަދެވެ. މިވަގުތަކީ، މުސާރަ ބޮޑުކުރަން ވީ ވަގުތެއް ނޫނެވެ. ކުރ