Posts

Showing posts from October, 2022

ރާއްޖެ އިސްލާމްވި ދުވަސް- ޖީލެއް ބިނާކުރުމުގެ ގޮންޖެހުންތައް

Image
  އަދަކީ ދިވެހި ރާއްޖޭ އިސްލާމްކަމުގެ ތެދުމަގު ބަލައިގަނެ، ދިވެހިން އިސްލާމްދީން ޤަބޫލުކުރިތާ 869 އަހަރު ފުރޭ 870 ވަނަ އަހަރީ ދުވަހެވެ. ދުވަހުގެ ތަހާނީ މި ލޮބުވެތި ފަސްގަނޑުގެ އަހުލުވެރިންނަށް ފޮނުވަނީ އުފަލުންނެވެ. މިފަދަ ކޮންމެ މުނާސަބަތަކީ މިދީބުގެ މާދަމާއާއި މެދު ވިސްނާލަން ހަމަ އެންމެ ރަނގަޅު ފުރުސަތެކެވެ. މިލިޔުމުގައި ކޮންމެވެސް މިންވަރަކަސް ބަލާލަން ގަސްތުކުރަނީ، އިސްލާމީ ގިއުގަނޑުގެ ތެރޭ، މެދުމިންކަމުގެ ރިވެތި އުސްލޫބަށްފެތޭ، ޒިއްމާދާރު ދީންވެރި ދަރިއަކު ގެންގުޅެ ބޮޑު ކުރުމުގައި  މިޒަމާނުގައި ދިމާވާ ބައެއް ގޮންޖެހުންތަކަށެވެ.   މިޒަމާނުގެ ތަރުބިއްޔަތުގެ އިލްމުވެރިން މިގޮންޖެހުންތައް ބަހާލަނީ މައިގަނޑު 5 ބަޔަކަށެވެ. ü       ޕިއާރ ޕްރެޝަރ - ޕިއާރސް ނުވަތަ އެކުގައި އުޅޭ މީހުންގެ ނުފޫޒަކީ އެކަމުން ނުރެކެވޭނެ ހަގީގަތެކެވެ. ޕިއާރ ޕްރެޝާރ ދެގޮތަށްދެއެވެ. ކުދިން އެކުވެރިންނާއި އެކުއުޅޭމީހުން ފުށުން ދަސްކުރަނީ ހަމައެކަނި ގޯސްކަންތަކެއްނޫނެވެ. ރަނގަޅު ކަންތައް ވެސް ދަސްކުރެއެވެ. އެހެންކަމުން  ކޮންޖެހުމަކަށް ވަނީ އެދަސްވާ ނުވަތަ ފެންނަ ގޯސް ސިފަތަކުން ދަރިން ސަލާމަތްކުރުމެވެ. މިގޮންޖެހުމ

ދިވެހިންނާއި ނުގުޅޭ ފްލެޓް

Image
  ނިމިދިޔަ ހަފުތާގައި އިވިގެންދިޔަ އެއް އަޑަކީ، ދުނިޔޭގެ، އަދި ވަކިން ހާއްސަކޮށް ތަރައް ގ ީވަމުންއަންން ގައުމުތަކުގެ އިގްތިސާދީކަންތަކުގައި ނުފޫޒުގަދަ ވޯލްޑް ބޭންކުން ރާއްޖެއާއި ގުޅޭ ގޮތުން ނެރުނު ރިޕޯޓެއްގެ ވާހަކައެވެ. އެރިޕޯޓުގައި މިރާއްޖޭގައި މިވީތަނަށް ހިންގި އެންމެ ބިޔަ ހިޔާވަހިކަމުގެ މަޝްރޫއަކީ ދިވެހިންނާއި ނުގުޅޭ މަޝްރޫއެއްގެ   ގޮތުގައި ސިފަކުރިވާހަކައެވެ. ނޫސްތަކުން ފެނުނު އެއްޗަކަށް ބަރޯސާވުމުގެ ބަދަލުގައި، އެރިޕޯޓުގައި ބުނާ އެއްޗެއް މޭރުންވޭތޯ އަމިއްލައަށް ކިޔާލީމެވެ. ރިޕޯޓު މިޖުމްލައަށް ފިތާލުމުން ފެންނާނެއެވެ. ތެދެކެވެ. އެބުނީ ހަމަ ރަނގަޅަށެވެ. އޭގައި ވަނީ މިހެންނެވެ. " the 25 -story high-rises are an unusual building typology in Maldives, where households typically live in low-rises or single-family homes " އިނގިރޭސިބަހަށް މާމޮޅު މީހަކަށް ނުވިސް، ހީވާ ގޮތުން މިކަން ފާހަގަ ކުރެވިފައިވަނީ، ހިޔާ ފެލްޓްތަކުގެ ވީކްނަސް އެއް ނުވަތަ މައްސަލައެއްގެ ގޮތުގައެވެ. މީގެ އިތުރުން، ކޮންމެ އިމާރާތެއްގައި 400 ފްލެޓް ހުރިއިރު 4 ލިފްޓު ހުރުންވެސް މައްސަލައެއްގެ ގޮތުގައި ފާހ

އިސްރާފުކުރުމުގެ ވާހަކަ

Image
  މިއަދު ފާހަގަ ކުރެވުނު އެއްހަބަރަކީ، މުނާސަބަތުތައް ފާހަގަކުރުމަށް ބާއްވާ ދުވަސްތައް އިންތިޒާމުކުރުމުގައި ކުރާ ހޭދަތައްމަދުކޮށް އިގްތިސާދުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އެންގިހަބަރެވެ. ދާއިރާގައި ކޮންމެވެސް މިންވަރަކަށް ހޭކިލެވޭ މީހަކަށްވާތީ، ކުޑަކޮށް މަންޒަރު ފެންނާނެތާއެވެ. އަޅުގަނޑުގެ ވިސްނުމަކީ އެންމެނަށް ކަމުދާ ފިކުރަކަށް ނުވެދާނެއެވެ. އަދި އަމުދުން މެޖޯރިޓީގެ ވިސްނުމަށް ނުވެގޮސްދާނެއެވެ. އެހެނަސް، ގަބޫލުކުރެވޭ ހަމަތަކާއި އުސޫލަށްފެތޭ މިންވަރަކުން ހިޔާލެއް ފާޅުކޮށްލުމަކީ ނެތްކަމެއްވެސް ނޫންތާއެވެ. ހަގީގަތުގައިވެސް ރާއްޖޭގެ ސުކޫލު މަދަރުސާތަކުން، ދުވަސްތަކާއި ހަފުލާތަށް ފާހަގަ ކުރުމުގައި އިޤްތިސާދުކުރެވޭނެ އެތައްކަމެއް ހިނގައެވެ. މައިގަނޑު ގޮތެއްގައި މިކަން މިހެންވާކަމަށް އަޅުގަނޑަށް ފެންނަނީ ދެ ސަބަބެކެވެ. ފުރަތަމަ  ކަމަކީ، އެފަދަ އިސްރާފުތައް ހުޓުވުމަށް ބާރުއަޅޭމިންވަރު ތަންކޮޅެއް ދަށްވުމެވެ. ދެވަނަ ސަބަބަކީ، ސްކޫލު މަދަރުސާތަކުގެ މެދުގައި އުފެދިފައިވާ ނުރަނގަޅު ވާދަވެރިކަމެވެ. ސްކޫލު މަދަރުސާތަކުގައި މައިގަނޑުކޮށް ހަފުލާ ބާއްވައިގެން މި ފާހަގަކުރަނީ، އިނާމު ދު