އިސްރާފުކުރުމުގެ ވާހަކަ
މިއަދު ފާހަގަ ކުރެވުނު އެއްހަބަރަކީ، މުނާސަބަތުތައް
ފާހަގަކުރުމަށް ބާއްވާ ދުވަސްތައް އިންތިޒާމުކުރުމުގައި ކުރާ ހޭދަތައްމަދުކޮށް
އިގްތިސާދުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އެންގިހަބަރެވެ. ދާއިރާގައި
ކޮންމެވެސް މިންވަރަކަށް ހޭކިލެވޭ މީހަކަށްވާތީ، ކުޑަކޮށް މަންޒަރު ފެންނާނެތާއެވެ.
އަޅުގަނޑުގެ ވިސްނުމަކީ އެންމެނަށް ކަމުދާ ފިކުރަކަށް ނުވެދާނެއެވެ. އަދި އަމުދުން
މެޖޯރިޓީގެ ވިސްނުމަށް ނުވެގޮސްދާނެއެވެ. އެހެނަސް، ގަބޫލުކުރެވޭ ހަމަތަކާއި އުސޫލަށްފެތޭ
މިންވަރަކުން ހިޔާލެއް ފާޅުކޮށްލުމަކީ ނެތްކަމެއްވެސް ނޫންތާއެވެ.
ހަގީގަތުގައިވެސް ރާއްޖޭގެ ސުކޫލު
މަދަރުސާތަކުން، ދުވަސްތަކާއި ހަފުލާތަށް ފާހަގަ ކުރުމުގައި އިޤްތިސާދުކުރެވޭނެ
އެތައްކަމެއް ހިނގައެވެ. މައިގަނޑު ގޮތެއްގައި މިކަން މިހެންވާކަމަށް އަޅުގަނޑަށް
ފެންނަނީ ދެ ސަބަބެކެވެ. ފުރަތަމަ ކަމަކީ،
އެފަދަ އިސްރާފުތައް ހުޓުވުމަށް ބާރުއަޅޭމިންވަރު ތަންކޮޅެއް ދަށްވުމެވެ. ދެވަނަ
ސަބަބަކީ، ސްކޫލު މަދަރުސާތަކުގެ މެދުގައި އުފެދިފައިވާ ނުރަނގަޅު ވާދަވެރިކަމެވެ.
ސްކޫލު މަދަރުސާތަކުގައި މައިގަނޑުކޮށް ހަފުލާ
ބާއްވައިގެން މި ފާހަގަކުރަނީ، އިނާމު ދުވަސް، މުދައްރިސުންގެ ދުވަސް،
ކުޑަކުދިންގެ ދުވަސް އަދި އެ މަދަރުސާއެއްގެ އަހަރީދުވަހާއި ދަރިވަރުންގެ ދަސްވެނިވުމެވެ.
މީގެ ތެރެއިންވެސް ދައުލަތުން ސީދާ އެ މުނާސަބަތަކަށް ފައިސާ ދެއްވަނީ ހަމައެކަނި
އިނާމު ދުވަހަށެވެ. ދެން ފާހަގަ ކުރާ ދުވަސްތަކަށް ހަރަދު ކުރަނީ "އެހެން
ގޮތްގޮތަށް" ކަން ނުދަންނަ ބަޔަކު ނުތިބޭނެއެވެ.
އާދެ، ފަންޑް ހޯދަނީއެވެ. އޭތިމީތި ސޭލް ، ކާނިވަލް،
ޑިނާރ ނައިޓް، މަސައްކަތު ދުވަސް، ސްޓިކާ ވިއްކުން، ވެހިކަލް ދޮވެދިނުން، ސްޕޮންސަރުން
ގާތަށް، ވިޔަފާރިވެރިންގާތަށް، މަޖިލިސް މެމްބަރުންނާއި އެހެނިހެންބޭފުޅުންގެ އޮފީސްތަކަށްވެސް
އަތްދިއްކޮށްލުމާހައަށްވެސް ދެވެއެވެ.
އާދެ، ފަންޑް ރައިޒް ކުރުމުގެ ކަންތައްކޮންމެވެސް
ސިފައެއްގައި ނުކުރާ ނުވަތަ ނުހިންގާ ސްކޫލެއް މަދޭ ދެންވެވިދާނެއެވެ. މީގެއިން
ގިނަކަންތައް ހިނގާ އުސޫލުތޯއެވެ؟ ސާމާނުގަތީ އަޅުގަނޑެވެ. ބޯކިބާ އަޅަނީ
އަޅުގަނޑެވެ. ވިއްކަން ސްޓޯލުގައި ހުރީ އަޅުގަނޑެވެ. ގަންނަން އަންނާނީ އަޅުގަނޑުގެ
ދަރިފުޅެވެ. މުޅި ދުވަސް ހޭދެވުމުގެ އިތުރުން ޖީބުން 100 ވަރަކަށް ރުފިޔާހޭދަވިއެވެ.
4 ދަރިން ހުރީތީ 400ރުފިޔާ ހަރަދުވުމަކީ އަޅުގަނޑުގެ މައްސަލަތާއެވެ! މިއީ ފަންޑް
ރައިޒްގެ ނުދައްކާ އަދި ނުދެއްކޭ ވާހަކައެވެ. މާދަމާ ޚުދު އަޅުގަނޑު މިކަން
ކުރިޔަސް މިހަޤީގަތަކީ ނެތްއެއްޗަކަށް ނުވާނެއެވެ.
ޤަބޫލުކުރަންޖެހޭ ހަގީގަތަކީ، އަޅުގަނޑު
މުދައްރިސަކަށްވީތީ، ކުލާހަށްވަދެ، އެވެނި ދުވަހެއްގެ އިވެންޓަކަށް 50 ރުފިޔާ
ކޮންމެ ކުއްޖަކު ގެނެސްދޭން ބުނަން ފަސޭހަވިޔަސް އެއީ ކޮންމެ އާއިލާއަކަށް ފަސޭހަނުވެދާނެކަމެއް
ކަމެވެ. ސުވާލަކީ ސްކޫލުތަކަށް މިވަރު ނޭނގެނީތޯއެވެ؟ ނޫނެވެ. އިނގެއެވެ. އެހެނަސް
ސްކޫލަކީ އޭގެވަށައިގެން މުޅި މުޖުތަމައު އެނބުރޭ ބިނާއެކެވެ. ނަތީޖާއަކީ، އެއްކަލަ
ޖަރީވެފައިވާ ބިޔަ ބެނާތަކާއި، ބޮޑެތި ސެލެބްރޭޝަންތަކާއި، ގްރޭންޑް އިނާމުތަކާއި،
ސަޕްރައިޒް ހަދިޔާތަށް ނެތްނަމަ، އެ ސްކޫލެއް "ކަމެއްނުކުރާ" ސްކޫލަކަށް
ލޭބަލްވަނީއެވެ. ސުކޫލުގެ ވެރިންވެސް ރަތްލާޖެހި ގޯސް މީހުންނަށްވަނީއެވެ. ޚުދު ސްކޫލުތަކުގެ ބައެއްމުވައްޒަފުން އަދި
ބެލެނިވެރިންގެވެސް ޝިކާޔަތު ބޮޑުވަނީއެވެ. ނަތީޖާތޯއެވެ. މުހާވަރާގައިއޮތްބީދައިން
"ރޯމުގައި އުޅޭއިރު ރޫމީން އުޅޭހެން އުޅެން" މަޖުބޫރުވަނީއެވެ. އިސްވެ
ދެންނެވި ނުރަނގަޅު ވާދަވެރިކަމުގެ ތެރެއިންނެވެ. އެސްކޫލަށް ވުރެ މޮޅަށް ރީތިކޮށް،
ތަފާތުކޮށް، ކުލަގަދަކޮށް، ފޭސްބުކް ޝެއާރސް ގިނަވާނެހެން، އެހެންމީހުން ވެސް އެވާހަކަދައްކާނެހާ
މޮޅު ގޮތަކަށް ކުރަންޖެހެނީއެވެ.
އެކަން އެހެން ނުކުރުމަށް ބާރެއެޅޭ މިންވަރު
ކުޑައޭ ދެންނެވެނީވެސް މިސަބަބު މިހެން އޮތަތީއެވެ. މިއަދު މިކަމަށް ބޭނުންވަނީ ފަރުދީ
ހައްލަކަށް ވުރެ މުޅި ނިޒާމުގެ ހައްލެކެވެ. ސްކޫލުތަކަށް ދައުލަތުން ބަޖެޓް
ނުދޭކަންކަމަށް އެކަށީގެންނުވާ ބިޔަ ހޭދަކުރެވޭއިރު، އެކަމަކީ ޔަގީނުންވެސް ބަޔަކު
ހޭދަކޮށްގެން ކުރެވޭ ކަންތަކެއްކަމުން، އެގޮތަށް އެކަންތަކަށް ފުރުސަތު ދެވެންވާނީ
ހުދޫދެއްގައި ކަމަށް ގަބޫލުކުރެވެއެވެ. ތެދެކެވެ. ފަންޑު ހޯދުމާއި ސްޕޮންސާރ ހޯދުމާއި،
އިވެންޓްތަކަކީ އެހެނިހެން ޤައުމުތަކުގައިވެސް ކުރެވޭ އަދި ކުރާކަންތަކެވެ.
ދަރިވަރުންގެ ދަސްވެނި ވުމަކީވެސް ކުރާންޖެހޭކަމެކެވެ. އެކަމަކު މިސްކޫލުގެ ޔޫކޭޖީ
ދަރިވަރު ގްރޭޑް 1 އަށް ބަދަލުވުމުން، މިސްކޫލުގެ ކުދިން އެވެނި ކީސްޓޭޖެއް ނިމުމުން
ބިޔަ ޕާޓީތަކާއި، ގައުން އެޅި ގެރޭޖުއޭޝަން ބޭއްވުމުގެ ސަގާފަތެއް ގާއިމުކުރުމުގެ
ކުރިން މުޖުތަމައުގެ ދިރިއުޅުމުގެ ހާލަތާއި ތަނަވަސްކަން ވަޒަންކުރަންޖެހެއެވެ.
އެކުރާހޭދަ މުޅި ސްކޫލުގެ ހުރިކާ ކުދިންގެ މަންފާއަށް ކުރެވޭނެ ގޮތަކާމެދު ފިކުރުކޮށްލެވެން
އެބަޖެހެއެވެ.
އެހެންކަމުން އަޅުގަނޑު ގަބޫލުކުރާހިތް އޮތީ، ސްކޫލުތަކުގެ
މުނާސަބަތުތަކަށް ކުރެވޭ ހޭދަތަކާއި، އެހޭދަކުރުމަށް ފައިސާ ހޯދާގޮތް އެކަށޭނެ
ގޮތަކަށް މޮނިޓާރ ކުރެވޭނެ ނިޒާމެއް ގާއިމުވެ، އޭގެ ސަބަބުން ވަކިބަޔަކަށް ނުކުޅަދާނަ
ތަކުލީފު ނުޖެހޭކަން ކަށަވަރު ކުރަންޖެހޭކަމަށެވެ. އަޅުގަނޑު ވަރަށް ގޯސްމީހަކަށް
ވިޔަސް ދަންނަވަން އޮތީ، މިއަދު އަޅުގަނޑުމެންނަށް މުނާސަބަތުތަށް ފާހަގަކުރުމަށް
މިގެންގުޅެވޭ ފޯމިއުލާގެ ސަބަބުން ގިނަ ބަޔަކަށް އެކަމުގެ ތަކުލީފު ލިބުމުގެ
އިތުރުން، ސްކޫލުތަކާއިމެދު މުޖުތަމައު ދެކޭގޮތް ބަދަލުވުމުގެ ފުރުސަތު އޮވެއެވެ.
މިއަދު ފާހަގަ ކުރެވުނު އެއްހަބަރަކީ، މުނާސަބަތުތައް
ފާހަގަކުރުމަށް ބާއްވާ ދުވަސްތައް އިންތިޒާމުކުރުމުގައި ކުރާ ހޭދަތައްމަދުކޮށް
އިގްތިސާދުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އެންގިހަބަރެވެ. ދާއިރާގައި
ކޮންމެވެސް މިންވަރަކަށް ހޭކިލެވޭ މީހަކަށްވާތީ، ކުޑަކޮށް މަންޒަރު ފެންނާނެތާއެވެ.
އަޅުގަނޑުގެ ވިސްނުމަކީ އެންމެނަށް ކަމުދާ ފިކުރަކަށް ނުވެދާނެއެވެ. އަދި އަމުދުން
މެޖޯރިޓީގެ ވިސްނުމަށް ނުވެގޮސްދާނެއެވެ. އެހެނަސް، ގަބޫލުކުރެވޭ ހަމަތަކާއި އުސޫލަށްފެތޭ
މިންވަރަކުން ހިޔާލެއް ފާޅުކޮށްލުމަކީ ނެތްކަމެއްވެސް ނޫންތާއެވެ.
ހަގީގަތުގައިވެސް ރާއްޖޭގެ ސުކޫލު
މަދަރުސާތަކުން، ދުވަސްތަކާއި ހަފުލާތަށް ފާހަގަ ކުރުމުގައި އިޤްތިސާދުކުރެވޭނެ
އެތައްކަމެއް ހިނގައެވެ. މައިގަނޑު ގޮތެއްގައި މިކަން މިހެންވާކަމަށް އަޅުގަނޑަށް
ފެންނަނީ ދެ ސަބަބެކެވެ. ފުރަތަމަ ކަމަކީ،
އެފަދަ އިސްރާފުތައް ހުޓުވުމަށް ބާރުއަޅޭމިންވަރު ތަންކޮޅެއް ދަށްވުމެވެ. ދެވަނަ
ސަބަބަކީ، ސްކޫލު މަދަރުސާތަކުގެ މެދުގައި އުފެދިފައިވާ ނުރަނގަޅު ވާދަވެރިކަމެވެ.
ސްކޫލު މަދަރުސާތަކުގައި މައިގަނޑުކޮށް ހަފުލާ ބާއްވައިގެން މި ފާހަގަކުރަނީ، އިނާމު ދުވަސް، މުދައްރިސުންގެ ދުވަސް، ކުޑަކުދިންގެ ދުވަސް އަދި އެ މަދަރުސާއެއްގެ އަހަރީދުވަހާއި ދަރިވަރުންގެ ދަސްވެނިވުމެވެ. މީގެ ތެރެއިންވެސް ދައުލަތުން ސީދާ އެ މުނާސަބަތަކަށް ފައިސާ ދެއްވަނީ ހަމައެކަނި އިނާމު ދުވަހަށެވެ. ދެން ފާހަގަ ކުރާ ދުވަސްތަކަށް ހަރަދު ކުރަނީ "އެހެން ގޮތްގޮތަށް" ކަން ނުދަންނަ ބަޔަކު ނުތިބޭނެއެވެ.