Posts

Showing posts from August, 2022

ދިވެހިރާއްޖެ- ޓްވިޓާރ އެކައުން

Image
1996  ވަނަ އަހަރު ދިވެހި ރާއްޖެއަށް އިންޓަނެޓް ތަޢާރަފުކުރެވި، މީގެ 20 އަހަރުކުރިން، 2002 ވަނަ އަހަރު ރާއްޖެއަށް އޭޑީއެސްއެލް ތަޢާރަފުވުން ވެގެންދިޔައީ ދިވެހިން ދުވަހަކުނުދެކޭފަދަ އިންގިލާބީ ބަދަލެއް، މުއާސަލާތުކުރުމަށް ގެނައި ކަމަކަށެވެ. އިންޓަނެޓްގެ އެހީގައި، ޤައުމުގެ އެތައް ފަސޭހަތަކެއް ލިބިދީފިއެވެ. ސަރުކާރުން ދޭއެތަކެއް ހިދުމަތެއް އޭގެ އިންތިހާއަށް ފަސޭހަވެއްޖެއެވެ. މިސާލަކަށް މިއަދު، ފެން، ކަރަންޓު، އިންޓަނެޓް، ކޭބަލްޓީވީ، ކުނިނެގުން، ކޮލެޖްފީ، ޒަކާތް ދެއްކުން، ޓެކްސް ދެއްކުން ފަދަ ފައިސާއާއި ގުޅޭ ހުރިހާ މުޢާމަލާތެއްހެން ތިމާގެ އަމިއްލަ މޯބައިލް ފޯނުން ކުރެވުމަކީ ފަސޭހަކަމެވެ.   ކޮންމެ އާކަމެއް ތަޢަރަފު ވުމާއެކު އޭގެ ނަހަމަ ބޭނުން ކުރާތަން އާދެއެވެ. އިންޓަނެޓްވެސް ވެގެންދިޔައީ މިބީދައިންއެވެ. މިއަދު ދައްކަން މިއުޅެނީއަކީ، އިންޓަނެޓުން ނޭއްގާނީ ސައިޓުތަކަށް ވަންނަވާހަކައެއް ނޫނެވެ. އެއަށްވުރެ، ގައުމެއްގެ މިންވަރުން، ތަސައްރަފު ފުދޭ ސިކުންޑިއަކުން ވިސްނާލަން ވެއްޖެކަމެއްގެ ވާހަކައެވެ. އިންޓަނެޓަކީ ސަރުކާރާއި ރައްޔިތުން ގުޅުވައިދޭ ބަހާއެކެވެ. ފުރިހަމަ ވަސީލަތެކެވެ. އެހެނަސް އެކަމުގަ