އައްޑޫ ސިޓީގަައި އިންޑިއާ ކޮންސިއުލޭޓް

2021 މޭއި 25 ވެގެން ދިޔައީ ދިވެހިންގެ ގިނަ ބަޔަކު ހައިރާން ކޮށްލި ހަބަރެއް ގެނެސްދިން ދުވަހަކަށެވެ. އިންޑިއާގެ ކެބިނެޓުން އައްޑޫ ސިޓީގައި އެޤައުމުގެ ކޮންސިއުލޭޓެއް ޤާއިމު ކުރަން ނިންމި ވާހަކައެވެ. ކޮންސައިލޭޓް އުފެެއްދުމަކީ ދުނިޔޭގައި ކުރާ، ކުރެވޭ ކަމެކެވެ. ބައިނަލް އަޤްވާމީ ގުޅުންތަކުގެ ބައެކެވެ. މިފަދަ ކޮންސިއުލޭޓް ތަކުގެ މަޤުސަދާއި، އެފަދަ އޮފީސް ޤާއިމުކުރުމާއި އަދި، ލިބިދޭ އިމްތިޔާޒުތައް އެކަށައެޅިފައިވަނީ، "ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލާރ ރިލޭޝަންސް 1963" ގެ ބައިނަލް އަޤްވާމީ މުޢާހަދާގެ ދަށުންނެވެ. އެމައުލޫމާތު މި ލިންކ ުން ކިޔާލެވޭނެއެވެ. އެހެން ކަމުން ކޮންސިއުލޭޓާ ގުޅޭ އިތުރު ވާހަކަ ތަކަށްނުގޮސް ކުރުކުރާނަމެވެ. ބޮޑު ސުވާލެވެ! އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމު ކުރަން ޖެހޭ ހެއްޔެވެ؟ އާނ އެކެވެ. އިންޑީއާގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި ހުރުމަކީ މައްސައެއް ނޫނެވެ. އެކަމުގައި ދިވެހި ސަރުކާރުގެ މައްސަލައެއް ވާނަމަ، އެކަން އިންޑިއާގެ ކެބިނެޓުން ނުނިންމީސްހެވެ! އުސޫލެއްގެ ގޮތުން ޤައުމެެއްގެ ކޮންސިއުލޭޓެއް އެހެން ޤައުމެއްގައި އުފައްދަން ނިންމާނީ އެޤައުގެ