މަސްޖިދުލް އަޤްސާ އަދި ޤުއްބަތުއް ސަޚްރާ
ފަލަސްތީނުގެ މައްސަލަ، އާދެ، މުސްލިމުންގެ އަގީދާއައި ގުޅިފައިވާ މަސްޖިދުލް އަޤްސާގެ މައްސަލައަކީ ދިވެހިން އަބަދުވެސް ސަމާލުކަންދޭ، މައްސަލައެކެވެ. ދިވެހިންގެ އަބަދުގެ ދުޢާއަކީ، ފަލަސްޠީނު މިނިވަންވެ، ޒައިނިސްޓް ވަކިތަކުން މުސްލިމުންގެ ފުރަތަމަ ޤިބުލަ ސަލާމަތްވުމެވެ.
މުސްލިމުންގެ މުޤައްދަސް މިސްކިތް
މަސްޖިދުލް އަޤްސާގެ މިނިވަންކަމުގެ ހަރަކާތާއެކު، ވަރަށް ގިނައިން ސޯޝަލް
މީޑިއާގައި ފޮޓޯ ޖަހާތީ ފެނެއެވެ. އެކަމުގައި ސަލާމުކަން ދޭންޖެހޭ ކަމެއް
އޮތްކަމަށް ބެލެވޭތީއެވެ.
މިތަނުން ކަނައަތްފަރާތުން އެފެންނަނީ
ޢާއްމުކޮށް މީޑިއާތަކުން މަސްޖިދުލް އަޤްސާގެ ހަބަރުތަކާއެކު ފެންނަ މިސްކިތެވެ.
އެހެން ނަމަވެސް އެއީ މަސްޖިދުލް އަޤްސާއެއްނޫނެވެ. ކަނައަތް ފަރާތުން
އެެފެންނަނީ، މުސްލިމުންގެ ޚިލާފަތުގައި (އުމަވީ ދައުލަތުގައި)، ޚަލީފާ އަބްދުލް
މަލިކު އިބްނު މަރުވާން، ހިޖުރައިން 72 ވަނައަހަރު
ބިނާކުރެއްވި މިސްކިތެކެވެ. މިސްކިތް މަޝްހޫރުވެފައިވަނީ ޤުއްބަތުއް ސަޚްރާ (ހިލަ
ޤުއްބު) ގެ ނަމުންނެވެ. ގޯލްޑެން ޑޯމް ނުވަތަ ރަން ޤުއްބުއޭވެސް ކިޔައެވެ. މިއީ އަޤްސާ ގެ
ޙަރިމުތެރޭ ނުވަތަ ގޯތި ތެރޭ ހުރި މިސްކިތެކެވެ.
ވައަތްފަރާތުން އެފެންނަނީ މަސްޖިދުލް އަޤްސާއެވެ. މުސްލިމުންގެ މުޤައްދަސް ފުރަތަމަ ޤިބުލައެވެ. ނުވަތަ ޙަރަމުއްޝަރީފުގެ މިސްކިތެވެ. ޙަރަމުއްޝަރީން ކިޔަނީ މަސްޖިދުން އަޤްސާގެ ސަރަހައްދުނުވަތަ އިމަށެވެ. މިއީ އިސްރާގެ ދަތުރުފުޅުގައި މާތްނަބިއްޔާ އުއްމަތުގެ ރަސޫލުންނާއެކު ނަމާދުކުރެއްވި ޤަދަރުވެރި މިސްކިތެވެ.
މަސްޖިދުލް އަޤްސާއާއި ގުޅޭ ހަބަރުތަކާއެކު
ޤުއްބަތުއް ސަޚްރާ (ހިލަ ޤުއްބު)
އެހާ ގިނައިން ފެންނަނީ ކީއްވެބާއޭ ހިތަށްއަރާފާނެއެވެ. ޖަވާބަކީ، މުޅިދުނިޔޭގެ މީޑިއާގެ ބޮޑު ކޮންޓްރޯލް
އަދިވެސް އޮތީ ހުޅަނގުގެ އަތްމަތީގަކަމުން، އެއީ ހުޅަނގުން މުސްލިމުންނަށް
ދައްކަން ބޭނުންވާގޮތެވެ. ބޭނުމަކީ، ފަހުގެ ތާރިހެއްގައި، މުސްލިމުންނަށް
އޮޅުންބޮޅުންވެ، ހަޤީގީ އަޤްސާ މިސްކިތް މުސްލިމުންގެ ސިކުނޑިތަކުން
ފޮހެލެވޭތޯއެވެ. އޭރުން ޒަޔަނިސްޓް ހަމަލާއެއް މާތް މިސްކިތަށް ދިޔަނަމަވެސް،
ޤުއްބަތުއް ސަޚްރާ (ހިލަ ޤުއްބު)
އަށް ހަމަލާނުދޭނަމަ މުސްލިމުން މައިތިރިވެތިބޭނެކަމަށެވެ. އެހެންކަމުން، މިއަދު
ފަލަސްޠީނުގެ ޙައްގުގައި އަޅުގަނޑުމެން އަޑުއުފުލާއިރު މިިއީ ހަނދާނުގައި ބަހައްޓަން
މުހިއްމު ކަމެކެވެ.
ނޯޓް: ޤުއްބަތުއް ސަޚްރާ (ހިލަ ޤުއްބު) އަކީ ދީނީ ގޮތުން ވަކި ޚާއްސަ
މިސްކިތަކަށް ނުވިނަމަވެސް، އިސްލާމީ ތާރީޚާއި ސަޤާފަތުގެ ގޮތުން މިއަދު މުހިއްމު
ވަރަށް ޒަމާންވެފައިވާ މުސްލިމުންގެ އަގުހުރި ތަރިކައެކެވެ.
މަޢުލޫމާތާއި
ފޮޓޯ:
https://theislamicinformation.com/blogs/al-aqsa-mosque-dome-rock/
https://www.pinterest.com/pin/502151427182366521/