އޭލާއްޖެހޭ ވޯޓައްތޯ، ވޯޓުން ރައްޔެތުންނިންމީ ހެއު ނިންމުމައްތޯ އެސުވާލަ ކެރާކައްނެތިން. އެކަން އެއޮތީ ވޯޓުން ނިމިފެއި. މަ އަދަ ކަންބޮނޑޮވެނީ އެހެންކަމަކާއި.
ތަރައްގީއެއި ތަމައްދުނާއި، ފައިސާއި މުއްސަންތިކަމާއި މިތިބި ކަންކަމަކީ، އެންމެން ބޭނުން، އެންމެން އެހެކާއެނެހެކާއި ވާދަކެރާކަންކަން. އޭ މައްސަލާއް ނުން. އޭ ތަބީއީ ކަމައް. އެކަން ބައްރުތަަކިމެދެ، ގައުމުތަކި މެދެ، ގައުމުތަކި ސަހަރިތަކިމެދެ، އަތެޅެތަކި މެދެ ރައްރަށިމެދެ އަދި އަވައް އަވަށިމެދެޔަސް އޮންނެހެއް. ނިވީތާނކި ގޭގޭ އެތެރެއަސް އެކަހަލެއި ވާދަވެރިކަން އޮންނެއި މަދަކުނުން. އެކަން ނިހުއްޓޭހެއް.
ތެދެތެދައް ބެނާފެހޭ. އައްޑޫ ބޭވެނެ ވޯޓާނަސް މައްފެނެނެއި އެ ވާދަވެރިކަމިއެތެރުން އާކަމަށް ގޮތައް. ކުރިއަށް އިތިރި ވާހަކަ ނިދައްކައި، އެކަމާއި މެދެ މަހިތައް އެރި އެއްތައް ބެނަލާށުން.
"މަހިތައް އަރައި އަފިންނައް އެއައްވަނި ހެއުކޮށް އެކަން ހައްލުވޭށިއައު. އިވެނެ ބަހުސްތަކުން މައްފެނެނެއި ހިތަދޫ މެމްބަރުން ގިނަވީމޭއި އެވެރިން ޑޮމިނޭޓް ކެރާވާހަކަ، އެހެން ފާޑަކައް ކޭފެހޭ ހިތަދޫ ގިނަ ކައުންސިލަރުންތިބިމެއި އެވެރިންއަތި "ވީޓޯ ބާރަ" އޮންނެ ވާހަކަ. އުސޫލަކުން ބަލާކޯ އަދަ ރާއްދޭ ކަންކަން ހިނގާމަގައް ވިސްނާކޯ ބެނާއްޖެހެނީ އެށަކުވާއި ބުރަދަނައް ހިށުމުގެ ފުރުސަތު ބޮނޑާއު. މަހިތައް އެރީ، ކެހެނަކައްތައު ވޭނެއި އަފިރިން ހުށަހަޅަގެން، އާބާދީއައް ނިބަލައި، އަައްޑޫ ސިޓީ ކައުންސިލެ، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އެއި މީދޫ މީންކޮންމި ދާއިރާކަށް އެއް ކައުންސިލަރުން ލީފެހޭ. އިދާރީ ގޮތުން ހިށި ދަތިކަންކަމަކި ވަހަކަދައްކަގެން، އުސޫލު ބަދަލުކޮއްގެން ހައްލު ހޯދޭނެ ކަންކަމާއު. މަހިއްތައް އެރީ 2 ރަށި މީހުން ވަކިވެގެން ގެއުމައްވަނި އެގޮއްމާ ރަންގަޅާއު. ސަފުންމަކީ މާމުޅު ތަންދޮރޮ އެނގޭމީހަކާއް ވެގެނައްނުން. އައްޑޫއަށް ވެހައި ބޮނޑުވެ ހަޔާތުން 7-8 އަހަރަ ފިޔަވައި އަތެޅެ ވޭނޑެނެމީހަކާމެއި ހިތައް އެރި އެއްތައް ހަމަ ބެނީ."
ކޮންމި ގޮތައްވިޔަސް ވޯޓު ނިމިގެ، ހުޅުދޫއެއި މީދޫ އިން ނިންމީ ވަކި ދެ ކައުންސިލް ހަދާއް. އަފިރިން ނިލިބިގެން ހިނގާ ޑިމޮކްރަސީއެއި އޮންނެއި އެބާކިންގެ ކަންކަން އެބާކިން ނިންމާށާއު ފެހޭ، އަދަ އެދެރަށި މީހުންގެ ނިންމުމައް އިހުތިރާމު ކެރާއްޖެހެއި.
ކޭމްޕޭނެ އެތެރެ ބަސް ބެނާށިއެ. އެއްބައި ކުދިން ލާނެއްކަމުން ޒުވާބަސް ކެރާށިއެ. އަދި އަޑަލަވާބާކިއެ އަޑަސް ލަވާށިއެ. އެކަންކަން އެހެން ހިނގިޔަސް ގަބޫލުކެރާއްވެނީ، އަފިރިން މީ ވަކި ރައްރަށަށް ނިސްބައްވިޔަސް، ވަޒީފާގޮތުން، އާއިލީ ގޮތުން ވަކިނިވޭ ވަރައް ގުޅިފެއިތިބި ރައްރައް. މީން އެއްވިއަސް ރަށަކިނެއް އެނެއްރަށި ތިމާގެ މިއެނި ދައްތަކާ، އެނުންފެހޭ ބޭބެކާ ހިންނެއި ތެރަށި މިވެނި މީހާއި އިނދަގެނާއި އެނުންފެހޭ އިނާއު ނިބެނޭނެ އާއިލާއް.
ސިޔާސީ މީހާ ސިޔާސީ ކަންކަން ކެރާށިއެ. ރައްރަށި ވާދަވެރިންކަން އޮންނެހެއް. އެކަމަކި، އަފިރިން އެހެކާ އެނެހެކާ ލުދާގެންކާކޯ، މާދުމަށަސް، ބޮނޑޮކަމައް ޖެހޭކޯ ކަވެރީތިބި މީހުންނައްކަން އެހީއައް އެންމެކުރިން ދިއޭނެއި ދެންނައް ތެބެވެއި. މީސް މީޑިއާއި، ހުޅުދޫ މީދޫ މީހުންނަށް ގުޅިފެއިތިބި ރައްރަށި މީހުން ފުރައްސާރެކެޑުމަކީ ރިވެތިކަމައްނުން. އަފިރިންނަށް އެ 2 ރަށި މީހުން އެވެރިންގެ މުސްތަގުބަލައް ނިންމު ނިންމުން ހަޖަމުވޭއްޖެހޭހެއް. ހަމަ އެލެކައް، ހުޅުދޫ މީދޫ މީހުން، އެނެއް ފަރައް، ވަކިން ބޮނޑައް ހިތަދޫ އައް ބަދަބަސް ބަސްބެނާތަން ތެބެފެނެއި. އޭ ކެރާއް ރިވެތިކަމައްނުން. މެހެން މަ ބެނާކަލަސް މިކަން ކެރަނީ ނިސްބަތުން ވަރައް މަދަ ބާކިޔެ. ދެންތިބި މީހުން މައްފެނެނީ އެހެކާ އެނެހެކާއް ފުރައްސާރަ ކެރަނީ މަޖަލަކައް ހަދަގެންކަން. ގަބޫލު ކެރާއްޖެހޭ ހަގީގަތަކީ، މީ މިޅިއައްޑޫގެ މުސްތަގުބަލާއި ގުޅޭ ބޮނޑޮ ނިންމުމައް. މީ ޖޯކައްނުން. މީ ޖަހާ ސަކަރާއްގަނޑައްނުން. މިކަމާއި ގުޅިގެން އެއްރައް އެނެއްރަށައް ހިތުން މަޖަލަކަށްކަމަށް ޖެއްސުންކޮއް ބަސްބެނައި ހަދާކޯ އޭ އެތެއް ޒަމާނަކަށް ހެއުނިވޭނެ ފާރަތަކައް ވެފޭހެއްކަން ވިސްނާއް ތެބެވެއި.
އައްޑޫ އައްޑޫގެ ގޮތެއޮއް އޮތުމެ ރެނދެ އެޑަގެ، އޭހަގީގައް! ދެން އަފިރިން ހިފާއްވީ އިތިރައް ދަރައެޑައި ރޯކެރާކައް ނުން. ބޭކާރަ ޒުވާބު ކެޑުން ހުއްޓަލާއި، މުސްތަގުބަލާއިގެން ތެދުވެއްވެނީ. އެއްވިއަސް ޒަމާނަކި، ހުށެހެއި ކަމަކީ ތިމާ އެންމެ ބޭނުންގޮތައް ހިނގާ ކަންކަން ނުންކަން ހަނދާންކެރާއްވެނީ. ރެނދެއެޑަގެ...ދެން ހުއްޓަލައު!
ނޯޓް: އައްޑޫ ބަހި ބޭނުންކެރާ ނަވިޔަނި އޮންނައް ވޭތަންތެއި އެއަކުރާފާހަނގަވޭހެން ނޫނެތިރެ ރޮނގޮކެޑައްދެމީ.
Photo:
https://canareef.com/exploring-addu-atolls-rich-biodiversity-with-canareef-resort/ :

Comments
Post a Comment
Please don't hesitate to tell what you think. :)